ޚަބަރު

އެމެރިކާގެ އެންމެ ޒުވާން އަންހެން ބިލިއަނަރަކަށް ރިހާނާ


އެމެރިކާގެ އެންމެ ޒުވާން ސެލްފް މޭޑް އަންހެން ބިލިއަނަރަކަށް 34 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ވެއްޖެއެވެ.

ފޯބްސް 2022 ގެ ލިސްޓަށް ރިހާނާ އެރިއިރު އޭނާގެ މިލްކިއްޔާތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
މި މަޤާމު މީގެކުރިން 2019 ވަނަ އަހަރު އޮތީ އެމެރިކާގެ މަޝްހޫރު މޮޑެލް އަދި މޭކަޕް ވިޔަފާރި ވެރިޔާ ކައިލީ ޖެނާ އަތުގައެވެ. ކައިލީގެ މިލްކިއްޔާތުގައި އޭރު ހުރީ 600 މިލިއަން އެމެރިކާ ޑޮލަރެވެ.

ފެންޓީ ބިއުޓީ ލައިން އަދި ފެންޓީ ލިންގަރީގެ ވެސް ވެރިޔާ ރިހާނާ ވެފައިވަނީ އޭނާގެ އުފަން ރަށް ބާބޭޑޯސްގެވެސް އެންމެ ފުރަތަމަ ބިލިއަނަރެވެ. މީގެއިތުރުން ރިހާނާ އަކީ ފޯބްސްގެ ލިސްޓުގައި މިއަހަރު ހިމެނުނު 40 އަހަރުން ދަށުގެ ހަމައެކަނި އަންހެން ބިލިއަނަރެވެ.

ފޯބްސްގެ މި ލިސްޓުން ޖާގަ ލިބުނު އެހެން ތަރިންގެ ތެރޭގައި 570 މިލިއަން އެމެރިކާ ޑޮލަރާއިއެކު ޓޭލާ ސްވިފްޓް، 450 މިލިއަން އެމެރިކާ ޑޮލަރާއިއެކު ބިޔޯންސޭ އަދި 1.8 މިލިއަން އެމެރިކާ ޑޮލަރާއިއެކު ކިމް ކާޑޭޝިއަން ހިމެނެއެވެ.