ސިއްހަތު

ފިޒީ އަދި އެނާރޖީ ޑްރިންކްސް ބުއިމުން ދުރުވުމަށް އިލްތިމާސްކޮށްފި


މިހާރަކަށް އައިސް ވަރަށް ގިނަ ފަރާތްތަކުން އެނަރޖީ ޑްރިންކްސްތަކާއި، ފިޒީ ޑްރިންކްސް ބުއިމަށް އާދަވެފައިވާ ކަމަށް ބުނެ، އެފަދަ އާދަތަކުން ދުރުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.ސިއްޙީ މާހިރުން ބުނާގޮތުން އެނަރޖީ ޑްރިންކްސްތަކާއި، ފިޒީ ޑްރިންކްސް ބުއިމަކީ އެކަމުގެ ސަބަބުން ޞިއްޚީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ސަބަބަކީ އެފަަދަ ބުއިންތަކުގައި ކެފެއިންގެ އަސަރު އެކުލެވޭތީއެވެ. ފަހުގެ ހޯދުންތައް ދައްކާގޮތުން ހިތުގެ ބަލި ހުންނަ މީހުން ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުމަކީ، ލޭމައްޗަަށް ދިއުމާއި، ލޭގެ ސަރުބީމަތިވުމާއި، ހަކުރު ބަލި އަދި ކިޑްނީގެ ބަލިތަކުގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފައިވާކަމެކެވެ. އަދި މިފަދަ ބުއިންތަކަކީ އޭގައި އިންސާނާއަށް ދުވާލެއްގެ މައްޗަށް ހަކުރު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަކުރު އެކުލެވޭ ބުއިންތަކެކެވެ.ރާއްޖޭގައި ކުޅިވަރު ކުޅޭ މީހުންވެސް ވަރަށް ގިނައިން މިފަދަ ބުއިންތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަންވަރު ހޭލާ ޑިއުޓީ ކުރާ ބައެއް ފަރާތްތަކުން ހޭލާ ތިބުމަށް މިފަދަ ބުއިންތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިފަދަ ބުއިންތަކަކީ ޞިއްޙަތަށް ގެއްލުންވާ އެއްޗަކަށްވާތީ، މިފަދަ ތަކެތި އިޝްތިހާރު ކުރުމަށްވެސް ފްޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ހޯދަންޖެހެއެވެ. އެހެންނަމަވެސް އެ އޮތޯރިޓީގެ ހުއްދަ ނެތް އިޝްތިހާރުތައް ދައްކަމުންދާ ކަމަށާއި، މިފަދަ އިޝްތިހާރުތަކަށް މީޑިއާއިން ސަމާލުވުމަށްވެސް ހެލްތް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.އެންރޖީ ޑްރިންކްސް ބޭނުންކުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްވިޑަންގައި މިހާރު ކުޑަކުދިންނަށް އެންރޖީ ޑްރިންކްސް ވިއްކުން ވަނީ މަނާކޮށްފައެވެ. މިގޮތުން މަޝްހޫރު ބޮރޯޑްކާސްޓިންގ ޗެނަލް ބީ.ބީ.ސީގައި އެނރޖީ ޑްރިންކްތައް އިޝްތިހާރުކުރުން ހުއްޓާލާފައިވާއިރު ބައެއް ޤައުމުތަކުގައި އެންރޖީ ޑްރިންކްތަކުން ނަގާ ޑިއުޓީ ވަނީ އިތުރުކޮށްފައެވެ.