ވިޔަފާރި

ބީއެމްއެލް ފެހި ޕްރޮޖެކްޓް - ރަށަށް ބޭނުންވާ ގަސް ހިލޭ ހޯދުމުގެ ފުރުސަތު


ދިވެހިރާއްޖޭގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50000 ގަސް އިންދުމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ނިންމާފައިވާކަމަށެވެ. އަދި [email protected]އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59އެވެ. އެޕްލިކޭޝަން ފޯމާއި ފެހި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.