ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިިޔާރަތްކޮށްފިއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މަސްޖިދުއްނަބަވީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަކް ޕްރެޒިޑެނޓް ފޯރ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓް މޮސްކް ޑރ.މުޙައްމަދު އަލް ޚުދައިރީއެވެ.

ރައީސް އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ދިވެހި ހައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ އިންތިޒާމްތައް ވަރަށް ގާތުން ބައްލަވާ އޮޅުން ފިލުއްވަމުންނެވެ. އަދި ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ އެންމެފަހު ގްރޫޕްގައި ހިމެނޭ މީހުންނާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވާ ރައީސް ވަނީ އަލްވަދާޢު ވިދާޅުވެފައެވެ.
އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކުގެ އިތުރުން ސަޢުދީގައި ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައްލަވަމުންނެވެ.

ރާއްޖޭގެ ފަރާތުން މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ހަމަޖައްސަވާ، ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކޮށްފައިވަނީ ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އެގޮތުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ 453 މީހުން މިހާރުވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.