ޚަބަރު

އައިޖީއެމްއެޗްގައި، ކުޑަކުދިންނަށް ޚާއްޞަ އިންޑޯ ޕްލޭ އޭރިޔާއެއް


ދިރާގުން އައިޖީއެމްއެޗްގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން އިންޑޯ ޕްލޭ އޭރިޔާއެއް ހުޅުއްވައިފިއެވެ.އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓު ސަރަޙައްދުގައި ދިރާގުން ޤާއިމުކޮށްދިން މި ޕްލޭ އޭރިއާ ހުޅުއްވައިދެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރްޙަތު ޝަހީރެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ، ކުޑަކުދިންގެ ދުޅަހެޔޮކަމާއި ޙައްޤުތަކަށް މަސައްކަތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މުހިއްމު ބައެއް ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރްޙަތު ޝަހީރު ވިދާޅުވީ، އައިޖީއެމްއެޗްގައި މިއަދު ހުޅުއްވި ކުޑަކުދިންގެ ޕްލޭ އޭރިއާއަކީ ހުރިހާ ގޮތަކުންވެސް މުހިއްމު އޭރިއާއެއް ކަމަށެވެ. އައިޖީއެމްއެޗަކީ ހަމައެކަނި ބަލިމީހުންނަށް ޒިޔާރަތް ކުރާތަނެއްގެ ބަދަލުގައި އިޖުތިމާޢީ ގުޅުންތައްވެސް ރަނގަޅު ތަނަކަށް ހެއްދެވުމުގެ ވިސްނެވުން ގެންގުޅުއްވާ ކަމަށާއި އެގޮތުން މިއަހަރު ނިމޭއިރު އެ ހޮސްޕިޓަލުގެ ތެރެއިން އެފަދަ މާޙައުލެއް ފެންނާނެ ކަމަށްވެސް ފަރްޙަތު ވިދާޅުވިއެވެ.