ޚަބަރު

އަމިއްލަ ގަައިގެ އެކިތަންތަނަށް ވަޅިހެރި ބިދޭސީއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ


އަމިއްލަ ގައިގެ އެކިތަންތަނަށް ވަޅިހެރި ބިދޭސީއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި މިމައްސަލާގައި ބިދޭސީ މީހާ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާތީ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުދާދޭން ފެށި ކަމަށެވެ.

އަދި އޭނާއަށް ފަރުވާ ދެމުންދަނިކޮށް ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނާ މަރުވެފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައިގައި މިހާތަނަށް ބެލިބެލުމުން މިއީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް ކަމުގައި ފާހަގަ ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.