ޚަބަރު

ޓޭލާ ސްވިފްޓް ސިއްރުން އެންގޭޖް ވެއްޖެ


އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ލޯބިވެރިޔާ ޖޯ އަލްވިން ސިއްރުން އެންގޭޖްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ދެމީހުން އެންގޭޖްވިކަން އަންގާފައިވަނީ ހަމައެކަނި ގާތް ރައްޓެހިންނަށާއި އާއިލާ އަށެވެ. ގްރެމީ އެވޯޑުވެސް އުފުލާލާފައިވާ ޓޭލާ އެންގޭޖްވިކަން އޭނާގެ ޓީމުގެ ބައެއް މީހުންނަށްވެސް ނޭގެއެވެ. އަދި އެންގޭޖްމެންޓު އަގޮޓި ޓޭލާ އަޅާނީ ހަމައެކަނި ޕްރައިވެޓް ތަންތަނަށް ދާއިރުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންގޭޖްމެންޓު ސިއްރު ކުރިގޮތަށް ދެ ލޯބިވެރިންގެ ކައިވެނިވެސް ބާއްވާނީ ވަރަށް ސިއްރުން ހަމައެކަނި ގާތް މީހުންނާއިއެކީގައެވެ. އަދި އެއްވެސް މެގަޒިން އަކަށްވެސް މި ދެމީހުން ނާރާނެއެވެ.

ޓޭލާ އާއި ޖޯ އެންގްޖޭވި ވާހަކަ މީގެކުރިންވެސް ވަނީ ދެކެވިފައެވެ. ޓޭލާގެ އާ ޝޯ ގެ ޕްރޮމޯޝަންގައި އެ ސުވާލު ކުރުމުން ޓޭލާ ބުނީ އެއަށް އާއެކޭވެސް އަދި ނޫނެކޭވެސް ނުބުނާނެ ކަމަށެވެ.

އުމުރުން މިހާރު 32 އަހަރުގެ ޓޭލާގެ އެންމެ ފުރަތަމަ އަލްބަމަކީ 2006 ވަނަ އަހަރު ނެރުނު "ޓޭލާ ސްވިފްޓް" އެވެ. އޭގެފަހުން "ފިއާލެސް"، "ސްޕީކް ނައު"، "ރެޑް"، "1989" އަދި "ރެޕިއުޓޭޝަން" އަކީވެސް ޓޭލާ ނެރުނު އަލްބަމްތަކެވެ.

ޓޭލާގެ ހިޓް ލަވަތަކުގެ ތެރޭގައި ފިއާލެސްގެ "ޔޫ ބިލޯންގް ވިތް މީ"، 1989 ގެ "ބްލޭންކް ސްޕޭސް"، ރެޕިއުޓޭޝަންގެ "ޑޯންޓް ބްލޭމް މީ" އަދި ރެޑްގެ "އޯލް ޓޫ ވެލް" ހިމެނެއެވެ.