ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 200000 ކޯވިޑް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.
އެމެރިކާއިން މިފަހަރު ހަދިޔާކޮށްފައިވަނީ ކޯވިޑަށް ހަދާ ޓެސްޓްގެ ނަތިޖާ ވަގުތުން ލިބޭ 200000 ރެޕިޑް އެންޓިޖެންޑް ޓެސްޓް ކިޓެވެ.
އެމެރިކާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޝާހު މާހިރުއެވެ.
Just in! USAID gave 200,000 rapid antigen test kits to @MoHmv to identify & fight the #COVID19 uptick in #Maldives. This adds to the 500K+ Pfizer vaccines, 60 ventilators, and $7M+ in other COVID response assistance from the American people for Maldives' recovery. pic.twitter.com/h3AxEcrEnL
— USAIDMaldives (@USAIDMaldives) June 30, 2022
އެމެރިކާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ޓެސްޓް ކިޓްތައް ހަދިޔާކޮށްފައިވާއިރު، އެމެރިކާއިން ވަނީ ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް ވަނީ 500 ލައްކަ ފައިޒަރ ވެކްސިން ޑޯސް ހަދިޔާކޮށްފައެވެ. އަދި 7 މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރުގެ އިތުރުން، އެހެނިހެން ބައެއް އެހީތެރިކަންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.