ކުޅިވަރު

އެމެރިކާގެ ގައުމީ ޓީމަށް ކުޅެ ތާރީޚުން ޕިކެޓް ޖާގަ ހޯދައިފި


އުފަންވި އިރުވެސް ވައަތުގެ އެއްބައިމަދު ކާސަން ޕިކެޓް އެމެރިކާގެ ޤައުމީ އަންހެން ޓީމަށް ކުޅެ ތާރީހްގެ ތެރެއިން ޖާގަހޯފައިފިއެވެ. އުމުރުން 28 އަހަރުގެ ޕިކެޓް އުފަންވިއިރު އޭނާގެ ވައަތުގެ އޮޅަނބޮށިން ތިރި މަދެވެ.

ޕިކެޓްއަކީ އެމެރިކާގެ ނޭޝަނަލް ވިމެންސް ސޮކަރ ލީގުގެ ނޯތު ކެރޮލީނާ ކަރޭޖްއަށް ކުޅެމުން އަންނަ ޑިފެންޑަރެކެވެ. އަދި އޭނާ ވަރަށް ފަހުން ވަނީ އެކްލަބަށް 100 ވަނީ މެޗްވެސް ކުޅެދީފައެވެ. އަދި މިދިޔަ ސީޒަންގައި ލީގުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާވަނީ ހިމެނިފައެވެ.

ޕިކެޓްވަނީ ކޮލަމްބިއާ އާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗްގައި އެއްކޮށް ކުޅެފައެވެ. މިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ އެމެރިކާއެވެ. މިމެޗްގައި އެމެރިކާއިން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ކޮލަމްބިއާގެ މަނުއެއްލާ ވަނެގާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ ކެލީ އޯހާރާއެވެ. މިކާމިޔާބީއާއެކު އެމެރިކާއިން މިވަނީ ބަލިނުވެ 69 މެޗް ފުރިހަމަ ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕިކެޓް ހާމަކުރިގޮތުގައި ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައެވެ.