ކުޅިވަރު

ލިލްގެ ޑިފެންޑަރު ބޮޓްމަން ނިއުކާސަލަށް


ފްރާންސް ލީގުގެ ލިލްއަށް ކުޅޭ ނެދަލަންޑްސްގެ ޑިފެންޑަރ ސްވެން ބޮޓްމަން އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑަށް ގެންދިއުމާމެދު އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

ނިއުކާސްލްއިން ބޮޓްމަން ގެންދިއުމަށް ހަމަޖެހިފައިވަނީ 32 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އުމުރުން 22 އަހަރުގެ ބޮޓްމަން މިހާރުވަނީ ނިއުކާސްލްގެ މެޑިކަލް ފުރިހަމަކޮށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޓްރާންސްފާ ފީ އިތުރު ބައިތަކަކާއެކު 35 މިލިއަނާ ގާތް ކުރާނެކަމަށް ވެއެވެ.

ބޮޓްމަން ސޮއި ހޯދުނު ނަމަވެސް ފްރާންސް ފޯވަޑް ހޫގޯ އެކިޓިކޭ ގެނައުމަށް ނިއުކާސްލްއިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަދި މިހާރު ބެލެވޭގޮތުގައި އެކުޅުންތެރިޔާ ގެންދިއުމުގެ ދޮރުވަނީ ގާތްގަޑަކަށް ބަންދުވެފައެވެ. ބޮޓްމަންއަކީ ނިއުކާސްލްއިން މިއަންނަ ސީޒަނަށް އެކްލަބަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެޓީމުންވަނީ މެޓް ޓާގެޓްގެ ލޯން އެއްބަސްވުން ދައިމީ ކޮށް އަދި ގޯލް ކީޕަރ ކިކް ޕޯޕް އެޓީމަށް ގެންގޮސްފައެވެ.