ފެމިލީ ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ފެމިލީ ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ވަގުތީގޮތުން ހަވާލުކުރެއްވީ ފެމިލީކޯޓުގެ އިސްޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެނެވެ. 
ޙުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. 
ޖޭއެސްސީން ވިދާޅުވީ ފެމިލީކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރުއާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ. 
ފެމިލީ ކޯޓުގެ އިސް ގާޟީގެ މަޤާމުގައި ހުންނަވަނިކޮށް ހައިކޯޓަށް އައްޔަންކުރެއްވި ހުޒައިފާއަކީ އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ގާޒީއެވެ.