ކުޅިވަރު

ސްޓާލިން ހޯދުމަށް ޗެލްސީން މަސައްކަތްކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ރަހީމް ސްޓާލިން ގެންދިޔުމާ ގުޅޭގޮތުން ޗެލްސީން މަޝްވަރާތައް ފަށައިފިއެވެ.

ސްޓާލިން އަކީ އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީއިން އެކްލަބަށް ގެންދަން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔާއަަށެވެ.

ޗެލްސީއިން ސިޓީއާއެކު މަޝްވަރާތައް ފެއްޓި ނަމަވެސް އަދި ރަސްމީކޮށް ބިޑެއް ހުށަހަޅާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އެކަންވެސް ޗެލްސީއިން ކުރާނެކަމަށް މައުލޫމާތުލިބެއެވެ. ސިޓީއާއި އެކު ސްޓަރލިންގ ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ސީޒަނާއެކު ހަމަވާނެއެވެ. އަދި ބާކީ އެއް އަހަރަށް ވީއިރު ސްޓަރލިންގ އާއި ސިޓީ އާ ދެމެދު އާ އެއްބަސްވުމަކަށް އާދެވޭގޮތްވަނީ ނުވެފައެވެ. ސްޓަރލިންގ ބޭނުންވަނީ މިހާރަށް ވުރެ ގަވައިދުން ކުޅުމުގެ ފުރުސަތު ލިބުމަށެވެ. ނަމަވެސް ސިޓީގައި ފަހަކަށް އައިސް އޭނާ އެންމެ އެދޭވަރަށް ކުޅުމުގެ ފުރުސަތު ވަނީ ލިބޭގޮތް ނުވެފައެވެ.

ސްޓަރލިންގ ސިޓީ އާއި ގުޅިފައިވަނީ 2015 ވަނަ އަހަރު ލިވަޕޫލްއިން 49 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިވީ ތާނގާ އޭނާވަނީ 339 މެޗް ކުޅެދީ 131 ލަނޑު ޖަހާދީފައެވެ.