އެމެރިކާގެ މޭޖާ ލީގު ސޮކާގެ ލޮސް އެންޖަލިސް އެފްސީއަށް ކުޅެން ކެތްމަދުވެފައިވާ ކަމަށް އެ ޓީމަށް އަލަށް ގުޅުނު ގެރެތު ބޭލް ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ބޭލް އެލްއޭއެފްސީ އާއި ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ބޭލް ބުނީ އެލްއޭއެފްސީއާއި ގުޅުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ. އަދި މިއީ އޭނާ އާއި އޭނާގެ އާއިލާއަށް އެންމެ ރަނގަޅު މަންޒިލް ކަމަށާއި ހަމައެއާއެކު މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ބޭލް ހާމަކުރިއެވެ.
އެލްއޭއެފްސީގެ ކޯ ޕްރެސިޑެންޓް ޖޯން ތޮރިންޓަން ހާމަކުރިގޮތުގައި ބޭލްއަކީ އޭނާގެ ޖީލުގެ އެންމެ ފާހަގ ކޮންލެވޭ އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ބޭލްއަށް ލިބިފައިވާ ތަޖްރިބާ އައި ހުނަރުގެ ސަބަބުން އެކްލަބަށް ލިބިގެންމިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އެލްއޭއެފްސީގެ ކޯޗް ސްޓީވް ޗެރުންޑޮލޯ ހާމަކުރިގޮތުގައި މެޗެއްގެ ނަތީޖާ ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ މަދު ކުޅުންތެރިންގެ ތެރޭގައި ބޭލް ހިމެނިގެންދާކަމަށެވެ.
ބޭލް އެލްއޭއެފްސީ އާއި ގުޅިފައިމިވަނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގައި 9 ސީޒަން ހޭދަކުރުމަށްފަހުއެވެ.