ވިލިމާލޭ އިޙްސާން ފިހާރައިގެ ރޯވެ އެފިހާރައަށް ގެއްލުންތަކެއް ވެއްޖެއެވެ. 
އެމްއެންޑީއެފް އިން ވިދާޅުވީ މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭފަތިހު 5 ޖެހިއިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފަރާތުން ކުރި މަސައްކަތުންވަނީ 0525 ހާއިރު އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިޙާދިސާގައި ބޮޑު ގެއްލުމެއް ނުލިބުނުނަމަވެސް ގިނަބަޔަކު ވިޔަފާރިކުރާ ވިލިނގިލީ އިހްސާން ފިހާރައަށް ބޮޑެތި ގެއްލުންވެފައިވާކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެއެވެ. 
		
										
										
										ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޙްސާން ފިހާރައިގެ ފަރާތުން ބުނީ މިޙާދިސާ ހިނގަފައިވާކަމަށް ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ. ހުރިހާ މުދަލެއް އަނދައިގެން ނުދިޔަނަމަވެސް ވަރަށްބޮޑަށް އަނދާފައިވާތީ ގެއްލުން ފޫބެއްދުމަށް ގާތްގަނޑަކަށް ހަތަރު ވަރަކަށް ދުވަހު ވިޔަފާރި ބަންދުކުރަންޖެހޭނެކަމަށް އިޙްސާން ފިހާރައިން ބުނެއެވެ.