ކުޅިވަރު

މޮޅުވީ ރަނގަޅަށް މަސައްކަތްކުރި ޓީމް - ފަރެސްމާތޮޑާ ކޯޗު


މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިއަދު މޮޅުވީ މެޗުގައި ރަނގަޅަށް މަސައްކަތްކުރި ޓީމްކަމަށް، މެޗުން ބަލިވި ފަރެސްމާތޮޑާގެ ކޯޗު ފަޒީން މުޙައްމަދު ބުނެފިއެވެ.މެޗަށްފަހު ފަޒީން ބުނީ މޮޅުވާނީ އެދުވަހެއްގައި ރަނގަޅަށް މަސައްކަތްކޮށް ރަނގަޅަށް ކުޅޭ ޓީމްކަށާއި، މިއަދުވެސް އެކަންވީ އެގޮތަށްކަމަށެވެ." ކޯޗު ބުނާގޮތަށް ރަނގަޅަށް މަސައްކަތްކޮށް، ރަނގަޅަށް ކުޅޭ ޓީމް މޮޅުވާނީ. މިއަދު ރަނގަޅަށް މަސައްކަތްކުރީ ފޭދޫ ޓީމް. އަޅުގަނޑުމެން ޓީމުން މަސައްކަތް ފެށީ އެމީހުން ލަނޑުޖެހިފަހުން. މިއީ ފޭދޫއަށް ހައްޤު މޮޅެއް. އެމީހުންނަށް މަރުހަބާކިޔަން. އަޅުގަނޑުމެންވެސް މިވަނީ ތާރީޚްގެ ތެރެއަށް ވަދެފައި. ކުރިން ފަރެސްމާތޮޑާއަކީ މީހުން ދަންނަ ނަމެއްނޫން. ނަމަވެސް އެކން ބަދަލުވެއްޖެ. ލިބުނު ކާމިޔާބީއަށް ﷲ އަށް ޝުކުރުކުރަން. " ފަޒީން ބުންޏެވެ.ފޭދޫ ޓީމްގެ އެސިސްޓެންޓް މެނޭޖަރ އަލީ ހަނީޒް ބުނީ ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށްކަމަށެވެ. ޓީމް މޮޅުވީ ރަނގަޅަށް ކުޅެގެންކަމަށާއި، ނަމަވެސް ކާމިޔާބީގެ އަޞްލަކީ ސަޕޯޓަރުންކަމަށް އޭނާ ބުންޏެވެ." ކެނޑިނޭޅި ސަޕޯޓަރުން ދިން ސަޕޯރޓް ކާމިޔާބުގެ އަޞްލަކީ. ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. މިއީ މުޅި އައްޑުއަށް ލިބުނު ކާމިޔާބީއެއް. އައްޑޫއާއި ފޭދޫގައި ފުޓްބޯޅައިގެ ކުރިމަގު އޮތްކަން ދައްކުވައިދީފި. ކާމިޔާބީއަށް ﷲއަށް ޝުކުރުކުރަން. " ހަނީޒް ބުންޏެވެ.އައްޑު އަތޮޅުގެ ފޭދޫއަކީ މިހާރު ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅައިގެ ޗެމްޕިއަނުންނެވެ.