ކުޅިވަރު

އަތޮޅުތަކުގެ ޗެމްޕިއަންކަން ސ.ފޭދޫއަށް


މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައި، އަތޮޅު ތެރޭގެ
ޗެމްޕިއަން ޓީމްގެ ޝަރަފް އައްޑޫ ސިޓީގެ ފޭދޫ ހޯދައިފިއެވެ.



ފޭދޫ ފަޚްރުވެރި މަޤާމް ހޯދީ މިއަދު ހަވީރު އައްޑޫ ސިޓީގައި ކުޅުނު
ފައިނަލްގައި ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު ފަރެސްމާތޮޑާ ބަލިކޮށްގެންނެވެ.
ފަރެސްމާތޮޑާގެ މައްޗަށް ފޭދޫ ކުރި ހޯދީ 1-0 ނެވެ.



މެޗުގެ ހަމައެކަނި ލަނޑު އިބްރާހީމް މަހުދީ ހުސެއިން ކާމިޔާބުކުރީ
ފަރެސްމާތޮޑާގެ ތިން ޑިފެންޑަރުންނާއި ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ.



ދެޓީމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ފުރިފައި އޮތް އައްޑޫ
ސްޓޭޑިއަމްގައި އައްޑޫގެ ބައެއް ސަޕޯޓަރުން ފަރެސްމާތޮޑާއަށްވެސް ސަޕޯރޓްކުރިއެވެ.
އެއީ އެޓީމްގައި އައްޑޫގެ ތިން ކުޅުންތެރިން ތިބުމުންނެވެ.



ފަޚްރުވެރި
ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ
ޔާމީން އަބުދުލްޤައްޔޫމެވެ.