ކުޅިވަރު

ފައިގަތަޅާ މުބާރާތުގެ ޗެމްޕިއަންކަން އައިޔޫއެމްއެސްޔޫ އާއި ކަސްޓަމްސްއަށް


ޔުނިކް ސްޕޯޓްސް އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބޭއްވި ފައިގަތަޅާ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އައިޔޫއެމްއެސްޔޫއިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދައިފިއެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމް ހޯދީ ފައިނަލުގައި މީޑިއާނެޓުގެ ޓީމުގެ މައްޗަށް 19-27 އިން ކުރިހޯދައިގެންނެވެ. އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އައިޔޫއެމްއެސްޔޫ އިން ހޯދީ އެ ޔުނިވަރސިޓީގެ ސްޓާފުންގެ ޓީމުގެ މައްޗަށް 11-25 އިން ކުރިހޯދައިގެންނެވެ.

ޖުމުލަ 38 ޓީމު ވާދަ ކުރި މުބާރާތަށް ލިބުނު ތަރުހީބާއެކު، ބޮޑު އީދު ތެރޭގައި ވެސް ފައިގަތަޅާ މުބާރާތެއް ބާއްވަން ޔުނިކްސް ސްޕޯޓިން އިން ދަނީ ތައްޔާރު ވަމުންނެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ އެޗްޑީސީ އާއި އާރްޑީސީގެ އެހީތެރި ކަމާއެކު އެވެ.