ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ މަރުވެފައި އޮތްވާ ފެނިއްޖެ


ރިސޯޓަކުން ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މިއީ މިއަދު ހެނދުނު 6:54 ހާއިރު ކްރޮސްރޯޑްސް ސައި ލެގޫންއިން ގެއްލިގެން ރިޕޯޓްކުރި ފަތުރުވެރިޔާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.


އެމްއެންޑީއެފްއިން ވިދާޅުވީ މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާއެކު އެ ފަތުރުވެރިޔާ ހޯދުމަށް ކުރި މަސައްކަތުން ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވަނީ އޮޕަރޭޝަން ފެށިތާ ގަޑިއިރެއްފާހުން ސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރު ފަޅުތެރެއިންކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެމީހާގެ ހަށިގަނޑު މިހާރު ކްރޮސްރޯޑަށް ގެންގޮސްފައިވާކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބަކާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތަކުން މައުލޫމާތެއް ނުދެއެވެ.