ޤާނޫނީ ވަކީލު މުހައްމަދު ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތަހުޤީގެއް ހިނގަމުންދާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ނާޒިމްގެ މައްޗަށް ޖިނާއީ ތަހުޤީޤެއް ފަށާފައި މިވަނީ ސޯޝަލް މީޑިއާގައި އޭނާކަމަށް ބެލެވޭ މީހެއްގެ ބަދުއަހުލާގީ ވީޑިއޯއެއް އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.