ޚަބަރު

ބިލްޑް އެންޑް ހޯމް އެކްސްޕޯ ރައީސް ޔާމީން ހުޅުއްވައިދެއްވައިފި


މަސީގެ އަހަރީ، ބިލްޑް އެންޑް ހޯމް އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.މިއަހަރުގެ އެކްސްޕޯގައި ޢިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެފަދަ ޚިދުމަތްދޭ ފަރާތްތަށް ފެނިގެންދާނެ ކަމަށް މަސީން ބުނެއެވެ. މީގެ އިތުރުން ފައިނޭންސާއި އިންޝުއަރެންސް ޚިދުމަތް ދޭ ފަރާތްތައްވެސް މިއަހަރުގެ އެކްސްޕޯއިން ފެނިގެންދާނެކަމަށް މަސީން ބުނެއެވެ. މި އެކްސްޕޯގައި 30 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވާކަމަށް މަސީން ބުނެއެވެ.