ޚަބަރު

ހިންމަފުށި ބަނދަރުގެ %68 މަސައްކަތް ނިމިއްޖެ


ކ.ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަަސައްކަތުގެ ދެވަނަ ފިޔަވަހީގެ %68 ނިންމައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ މިމަސައްކަތަށް ބޭނުންވާ ދެވަނަ ޝިޕްމެންޓުގެ ތަކެތިވެސް ވަނީ މިހާރު މަޝްރޫޢުގެ ސައިޓަށް ގެންގޮސްފައިކަމަށެވެ. ހިންމަފުށީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ހިންމަފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިންގެ 14،300 އަކަމީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ތޮށިލުން ހިމެނެއެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 25.88 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.