ދުނިޔެ

ޓައިވާނަށް ރިކްޓަރ މިންގަނޑުން 6ގެ ބާރުގަދަ ބިންހެލުމެއް


ޓައިވާނުގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 6ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމުގެ އަސަރު ވެރިރަށް ޓައިޕޭއަށް ކޮށްފައިވާއިރު، އެ ރަށުގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. އަދި، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

މި ބިންހެލުން އައިސްފައި ވަނީ ހުއާލީން ކައުންޓީގެ އައްސޭރި ފަށުން 6.8 ކިލޯމީޓަރު އަޑިންނެވެ. ޓައިވާނަކީ ބިންހެލުންތައް ޢާއްމު، އަދި ދެ ޓެކްޓޯނިކް ޕްލޭޓް ގުޅޭ ހިސާބުގައި އޮންނަ ޤައުމެކެވެ.

2016 ވަނަ އަހަރު ޓައިވާނުގެ ދެކުނުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 1999 ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 7.3ގެ ބާރުގަދަ ބިންހެލުމެއްގައި 2,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.