ދުނިޔެ

އީރާނަށް އެހީވާ ކުންފުނިތަކަކަށް އެމެރިކާއިން ފިޔަވަޅު އަޅައިފި


އީރާނުގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމުގައި އެ ޤައުމަށް އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭ ޗައިނާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ގެ ކުންފުނިތަކަކާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ވަނީ އީރާނުގެ އިތުރު ކުންފުނިތަކަކަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މި ކުންފުނިތަކަކީ، އީރާނުން ޕެޓްރޯކެމިކަލް އުފެއްދުންތައް އެކްސްޕޯޓް ކުރުމުގައި އެ ޤައުމަށް އެހީތެރިވެދޭ ކުންފުނިތަކެއް ކަމުގައި އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ހޮންގް ކޮންގުގައި ހިންގާ ދެ ކުންފުންޏަކާއި، ޔޫ.އޭ.އީ.ގެ ހަތަރު ކުންފުންޏެކެވެ. އަދި، ޗައިނާއާއި އިންޑިއާގެ ދެ ރައްޔިތެއްގެ އިތުރުން އީރާނުގެ ތިން ކުންފުންޏަކާ ދެކޮޅަށް ވެސް މިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

މި ފިޔަވަޅުތަކުގެ ބޭނުމަކީ، އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން 2015 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުމަށް އަމަލު ކުރުމަށް އެ ޤައުމަށް ބާރު އެޅުމެވެ. އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލިއްޔަތާއި ފުރުޞަތު އެ އެއްބަސްވުމުގެ ދަށުން ވަނީ ހަނިކޮށްފައެވެ. އެމެރިކާއިން ބުނީ އެ ޤައުމުގެ އަމާޒަކީ އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް ޞުލްޙަވެރި ހައްލެއް ހޯދުން ކަމުގައެވެ.