ޚަބަރު

ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް ނިންމުމަށް ބޭއްވި ފަރިއްކޮޅުގައި ރައީސް ބައިވެރިވެވަޑައިގެންފި


"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމުމުގެ ގޮތުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމުމުގެ ގޮތުން ބޭއްްވި މިފަރިއްކޮޅު އޮތީ މިރޭ، ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. ޖޫން 15އިން 16އަށް ދެދުވަހުގެ މުއްދަތަަށް ކުރިޔަށް ދިޔަ މި ސަމިޓް، ފަށްޓަވައިދެއްވީ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ސަމިޓްގެ ފުރަތަމަ ދުވަހު ކުރިޔަށް ގެންގޮސްފައިވަނީ ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކެވެ. ސަމިޓްގައި ބުރާސްފަތި ދުވަހު ސެޝަންތައް ކުރިޔަށް ގެންގޮސްފައި ވަނީ ތިން ތީމަކަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބުލިޔު.ޓީ.އޯ) ގުޅިގެން ބޭއްވި މިސަމިޓްގައި މަޝްވަރާކޮށްފައި ވަނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި، ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ.