ޚަބަރު

އުފުލިތަކަށް ކުނި އަޅާ ގަޑިތަކަށް ބަދަލު ގެނެސްފި


މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފުލިތަކަށް ކުނި އަޅާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.މިގޮތުން ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުގައި ގެނެވޭ ކުނި އެޅުމަށް އުފުލިތައް ބަހައްޓާފައިވާ އެމް.ޕީ.އެލް ސަރަހައްދުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 6:00 ން ފެށިގެން ރޭގަނޑު 1:00 އާއި ހަމައަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ހާމަކުރައްވައެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 12:00 ން މެންދުރު 2:00 އަށް ކުނިއަޅާ ސަރަހައްދު ބަންދުވާނެކަމަށްވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ހާމަކުރައްވައެވެ.