ޚަބަރު

ޕީއެސްއެމް، ގެއްލުމުގައިވެސް ކޮލިޓީ ޕްރޮގްރާމް އުފެއްދުމުގެ ޢަޒުމުގައި


ޓީވީގެ ސިގްނަލް އެޗްޑީ ކޮލިޓީގައި ފެންނަ އަދި ކާރިސާތަކުގެ އެލާޓް ވަގުތުން ޓީވީތަކަށް ލިބޭ، ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވީ މިދިޔަ މާރިޗް މަހުގެ 29ވަނަ ދުވަހުގައެވެ.

އެހެންނަމަވެސް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިމަޝްރޫއގެ ދަށުން މިހާރުވެސް ރަށްރަށުގައި މި ޓްރާންސްމިޝަން ބެހެއްޓުމަށްޓަކައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް އެބަގެންދެއެވެ. މި މަސައްކަތްތަކުގެ %10 މަސައްކަތް ވަނީ މިހާރު ނިމިފައެވެ.

ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޓީވީގެ މަންޒަރުތައް އެންމެ ސާފު އަދި އެޗްޑީކޮށް ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެންނާނެ ގޮތް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަޝްރޫޢަކީ ފީ ނުދެއްކިގެން ނުވަތަ ޗެނަލްގެ ސިގްނަލް ނުލިބިގެން އުޅެންޖެހޭ ދުވަސްތައް މާޒީއަށް ގެންދާނެ މަޝްރޫއެކެވެ.

މި މަޝްރޫއު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ %90 ސަރަޙައްދަށް ފޯރުކޮށްދެވޭނެއެވެ. އަދި ގުދުރަތީ ކާރިސާތަކުގެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދޭނެއެވެ. މީގެ އިތުރަށް މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އަތޮޅުތަކުގެ 20 ރަށެއްގައި ހިންގާނެއެވެ. މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ 3 ފިޔަވެއްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 9 ރަށެއްގައި މި މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މިގޮތުން މިހާރުވެސް 7 ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދެއެވެ. އިތުރު ދެ ރަށެއްގައިވެސް މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މަސައްކަތްތައް ކުރިއަށްދާ ރަށްތައް

  • ވިލިމާލެ
  • ފ.ފީއަލި
  • ސ.ހިތަދޫ
  • ލ.ގަން
  • ކ.މާފުށި
  • އދ.ދަނގެތި
  • ގދ.ގައްދޫ
  • ގދ.ފިއޯރި
  • ފުވައްމުލައްސިޓީ

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް މިހާރު އަންނަނީ ދެމުންނެވެ. އަދި ޕްރައިމް ސަރަހައްދުތަކުގައި ޓީވީތައް ހަރުކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.


ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ، ޤުދުރަތީ ކާރިޘއެއް ދިމާވާ ޙާލަތެއްގައި މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ.

ޕީއެސްއެމްގެ ކުޑައިގެދަށުން އެތަކެއް ޗެނެލްތަކެއް ހިންގަމުން ގެންދާއިރު ކޮންމެ ޗެނަލްއަކުންވެސް އެތަކެއް ޕްރޮގްރާމްތަކެއް އުފައްދާ އަންނަނީ ދުރައް ފޮނުވަމުންނެވެ. ކޮންމެ ދުވަހަކު އަންނަ ޕްރޮގްރާމްތައް އުފެއްދުމަށާއި ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކާއި ޚަބަރާއި ކަރަންޓް އެފެއާޒްގެ ޕްރޮގްރާމްތަކުގެ އިތުރަށް ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކާއި ވިޔަފާރި ދާއިރާއަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް އުފައްދާ ގެނެސްދެއެވެ. މިގޮތުން 2021 ވަނަ އަހަރުގެ ތެރޭގައިވެސް ވަނީ މިފަދަ އެތަކެއް ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ. ޖުމުލަ 1539 ޕްރޮގްރާމެއް ޓީވީއެމްއިން ގެނެސްދިންއިރު މިއީ މުޅިންވެސް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ޕްރޮގްރާމްތަކެވެ. މިގޮތުން ފާހަގަ ކުރާ ދުވަސްތަކަށް ޚައްސަކޮށްގެން ޕްރޮގްރާމްތަކާއި ތަފާތު ޑޮކްކިއުމެންޓްރީތަކާއި ތަޢުލީމީ ދާއިރާއަށް ޚާއްސަ ޕްރޮގްރާމްތައް ގެނެސްދިފައި އެބަހުއްޓެވެ. އަދި 2021 ވަނަ އަހަރުގެ ރަމަޞާން މަހު ޚާއްސަކޮށް ގިނަ ޕްރޮގްރަމްތަކެއް ގެނެސްދީފައި އެބަހުއްޓެވެ. އެގޮތުން ރަމަޞާން މަހު 24 ޕްރޮގްރާމެއް އުފައްދާ ދައްކާފައިވެއެވެ. މި ނޫނަސް ޕީއެސްއެމްގެ ޓީމުން ވަނީ މަހެއްގެ މައްޗަށް އުފައްދާ ޕްރޮގްރާމްތަކުގެ އަދަދުތައް މަތިކޮށްފައެވެ. މިގޮތުން ހުސްވި 2021 ވަނަ އަހަރ އެންމެ ގިނައިން ޕްރޮގްރާމް އުފެއްދި އިތުރު މަސްތަކަށް ބަލާއިއިރު ޖެނުއަރީ މަހުގައި 16 ޕްރޮގްރާމް އުފައްދާފައިވެއެވެ. އަދި ޖުލައި މަހު 18 ޕްރޮގްރާމް ދައްކާފައިވެއެވެ.

ޕީއެސްއެމްއިން ފޯރުކޮށްދޭ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޕްރޮގްރާމްތަކުގެ އަދަދުވެސް އަންނަނީ އިތުރު ކުރަމުންނެވެ. މިގޮތުން ތަރައްޤީއާއި ވިޔަފާރިއާއި ސިޔާސީ ދާއިރާއަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް އުފައްދައެވެ. މީގެ އިތުރުން ޕީއެސްއެމް ނިއުސްއަކީ ޖުމުލަ 12 ބްލެޓިންއެއް ގެނެސްދީ ޓީވީއެމް އަށާއި ރޭޑިއޯ އަދި އޮންލައިންކޮށްވެސް ޚަބަރު ފޯރުކޮށްދެމުން އަންނަ ޗެނަލްއެވެ. މީގެ އިތުރުން މި ޗެނަލްއިން މިހާރު މިވަނީ އައްޑޫ ބަހުރުވައާއި ހުވަދޫ ބަހުރުވައިންވެސް ޚަބަރު ގެނެސްދެން ފަށާފައެވެ. އަދި ބޭރު ދުނިޔޭގެ މަޝްރަހުގެ ޚަބަރުތަކަށް ޚާއްސަ ޕްރޮގްރާމްތަކެއްވެސް ގެނެސްދއެވެ. މި ނޫނަސް އަތޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤިގެ މަޝްރޫތައް ލައިވްކޮށް ޕީއެސްއެމް ނިއުސްއިން އަންނަނީ ގެނެސްދެމުންނެވެ.

ޕީއެސްއެމްގެ ކުޑައިގެ ދަށުގައި އެކި ޗެނެލްތައް އޮތްއިރު ކުޅިވަރުގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި ވަކި ޚާއްސަ ޗެނަލްއެއް އުފައްދާ ޕްރޮގްރާމްތައް އުފައްދައެވެ. މިގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އޮންނަ އެކިކަހަލަ ކުޅިވަރުތައް ވަގުތުން ދުއްރައްދައްކާ ޕްރީޝޯތައް އަންނަނީ ގެނެސްދެމުންނެވެ.

ރައްޖޭގައި އެންމެ ފުރަތަ ދޭންފެށީ ރޭޑިއޯގެ ޚިދުމަތްވެސް ފުޅާކޮށް އަތޮޅުތަކަށް ފޯރުކޮށްދެމުން އަންނައިރު އެ ޚިދުމަތުގެ ތެރެއިންވެސް ތަފާތު ޕްރޮގްރާމްތައް ވަނީ އުފައްދާފައެވެ. ޚާއްސަކޮސް ރޭޑިއޯގެ އެކި ޗެނަލްތައް ހަދާ އެކިކަންކަމަށް ވަނީ ބަހާލާފައެވެ. މިގޮތުން ދީނީ މަޢުލޫމަތުތަކާއި ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ ދީނުގެ އަޑުން މިދާއިރަގެ ޚާއްސަ ޕްރޮގްރާމްތައް ގެނެސްދެއެވެ. އަދި މުނިފޫހިފިލުވުމުގެ އެކި ޕްރްގްރާމްތައް ދިވެހި އެފްއެމްއިން އަންނަނީ ގެނެސްދެމުންނެވެ. ދިވެހި ރާއްޖޭގެ އަޑާއި ޕީއެސްއެމްގެ ރޭޑިއޯގެ ޚިދުމަތަކާ ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު ރޭޑިއޯގެ ޚިދުމަތެވެ.

މީގެ އިތުރަށްވެސް ކޯވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރުގައިވެސް ޕީއެސްއެމްއިން ވަނީ އެ މަޢުލޫމާތުތައް މެދުކަނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އަދި ކަމާ ބެހޭ ފާރަތްތަކުން ފޯރުކޮށްދޭ މި މަޢޫލޫމާތުތައް އެހެން ޗެނަލްތަކަށް ލިބޭނެ ގޮތް އެއްވެސް އަގަކާ ނުލާ ހަމަޖައްސައިދިނެވެ. މީގެ އިތުރަށްވެސް ޕީއެސްއެމްއިން އަންނަނީ ޤައުމުގައި ހިނގާ މުހިއްމު ބައެއް ކަންކަން ހިލޭ ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތްތަކަޢި ސަރުކާރާއި އެކި އިދާރާތަކުން ބައްވާ ރަސްމިއްޔާތުތައް ބްރޮޑްކާސްޓްކޮށް އެހެން ޗެނަލްތަކަށް ހިލޭ ބްރޯޑްކާސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.

މިވީ އަހަރުތަކުގެ ތެރޭގައި ޕީއެސްއެމްގެ އެކި ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ނިސްބަތް އިތުރުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މިއި އަގުގެ ގޮތުންވެސް އެތަކެއް ފައިސާއެއް ޚަރަދުވާކަމެކެވެ. އެހެންނަމަވެސް ޕީއެސްއެމްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުން ހިތް އެދޭ ، ފައިދާވާނެ ކޮލެޓީ ޕްރޮގްރާމްތައް އުފެއްދުމަށެވެ.