ޕޮލެންޑުގެ ޤައުމީ އެއަރލައިން "ލޮޓް ޕޮލިޝް"ގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.
ލޮޓް ޕޮލިޝްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޕޮލެންޑްގެ ވެރިރަށް ވޯރސޯއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާފައިވާއިރު، އެއެއަރލައިންގެ ފްލައިޓުގައި ރާއްޖެއަށް 294 ފަސިންޖަރުންވަނީ އައިސްފައެވެ.
ލޮޓް ޕޮލިޝްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 787 މަރުކާގެ މަތިންތާ ބޯޓުތަކެވެ. މިއީ 290 މިީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.
ލޮޓް ޕޮލިޝްއިން ރާއްޖެއަށް ހަފްތާއަކު އެއް ދަތުރުކުރާނެއެވެ. އެއެއަރލައިންގެ ދަތުރުތަކަކީ ޗާޓަރ ދަތުރުތަކެކެވެ.
We are excited to announce the resumption of @LOTPLAirlines charter operations to the #Maldives ?? from Warsaw, Poland ?? ?? ?#VelanaAirport | #VisitMaldives pic.twitter.com/ae4II59JTh
— Velana Airport (@VelanaAirport) June 16, 2022
މިއަހަރުގެ ޖެނުއަރީއިން މާރޗުގެ ނިޔަލަށް ޕޮލެންޑުން ރާއްޖެއަށް 7900 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 56 އިންސައްތަ އިތުރު އަދަދެކެވެ.
ޕޮލެންޑްގެ ޤައުމީ އެއަރލައިންއިން ރާއްޖެއަށް ކުރާ މި ދަތުރުތަކުގެ ސަބަބުން އައު މާކެޓްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެއެވެ. މިހާރުވެސް ރާއްޖެއަށް ބައިނަލްއަޤްވާމީ 41 އެއަރލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.