ޚަބަރު

ފަރަންސޭސިވިލާތުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް މާކެޓިން ކެންޕޭނެއް


ފަރަންސޭސިވިލާތުގެ މާކެޓުގައި ރާއްޖެ މަޤުބޫލުކަން ދެމެހެއްޓުމަށް ފަރަންސޭސި ވިލާތުގެ ޓުވަރ އޮޕަރޭޓަރ، ވީޕީއަކީއާއެކު އެމްއެމްޕީއަރުސީއިން މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.

މި ކެންޕެއިން ފަށައިފައިވަނީ 13 ޖޫންއިން ފެށިގެން 10 ދުވަހުގެ މުއްދަަތަކަށެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ލިބޭ ތަފާތު އެކި ތަޖުރިބާތަކާއި ދަތުރުފަތުރުކުރުމުގެ ގައިޑްލައިންތައް ފަރަންސޭސިވިލާތުގެ ފަތުރުވެރިންނާހިއްސާކުރުން، މިކެމްޕެއިނުގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން ވީޕީއައިގެ ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގެ އެކި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ މައުލޫމާތު 9 މިލިއަނެއްހައި މީހުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މިކެންޕޭނު ކުރިއަށްދަނީ ފަރްނސޭސިވިލާތު މާކެޓަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. އެއީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލުގެ ގޮތުގައި އިސްތިހާރުކުރުމަށެވެ.