ކުޅިވަރު

ޑެނީ އަލްވޭސް ބާސެލޯނާ ދޫކޮށްލަނީ


ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް، އެ ކުލަބު ދޫކޮށްދާކަން ހާމަކޮށްފިއެވެ.

މިއީ އޭނާ އެކްލަބް ދޫކޮށްދާ ދެވަނަ ފަހަރަށް ވެގެންދާނެއެވެ.

އުމުރުން 39 އަހަރުގެ އަލްވޭސް ދެވަނަ ފަހަރަށް ބާސާއާއި ގުޅުނީ މިދިޔަ އަހަރުގެ ނިވެމްބަރު މަހުއެވެ. އެއީ އެކްލަބް އެންމެ ފުރަތަމަ ދޫކޮށް ޔުވެންޓަސް އާއި ގުޅުނުތާ ފަސް އަހަރު ފަހުންނެވެ. މިދެފަހަރާއެކު މިހާރު އަލްވޭސް މިވަނީ ބާރސާއަށް 407 މެޗް ކުޅެދީފައެވެ.

އަދި ސްޕެނިޝް ލީގުގެ ތަށި ހަ ފަހަރު އޭނާ ބާރސާއާއެކު އުފުލާލާފައިވެއެވެ. މިފަހަރު ކްލަބް ދޫކޮށްދާކަން ހާމަކުރަމުން އެލްވޭސްވަނީ އޭނާއަށް ދެވަނަ ފަހަރަށް އެކްލަބަށް އައުމުގެ ފުރުސަތު ދިނީތީ ކްލަބާއި ހުރިހާ ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިޖަރޒީ ދެވަނަ ފަހަރަށް ލުމުގެ ފުރުސަތު ދިނީތީ ހުރީ ވަރަށް އުފަލުންކަމަށްވެސް އޭނާ ހާމަކުރިއެވެ.

އޭނާ އެންމެ ފުރަތަމަ ބާސާގައި ހޭދަކުރި އަށް އަހަރު އަލްވޭސް ވަނީ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކޮޕާ ޑެލްރޭގެ ތަށި ހަތަރު ފަހަރު ހޮދާ މުޅިއަކު 23 ތަށި އެކްލަބްގައި ހުރެގެން ހޯދާދީފައެވެ. ވާރލްޑް ކަޕަށް ތައްޔާރު ވަމުންދާ ބްރެޒިލްގެ ޓީމް އެންމެފަހުން ކުުޅުނު ދެމެޗްކަމުގައިވާ ޖަޕާނާއި ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅުނު ދެމެޗްގައި އޭނާ ކުޅެފައިވާތީ ކުރިއަށް އޮތް ވާރލްޑް ކަޕް ޓީމްގައި ހިމެނުމަށް އޭނާ އަންނަނީ އުންމީދު ކުރަމުންނެވެ.