ޕޯޗުގަލުގެ ބެންފީކާއަށް ކުޅެމުން އައި އުރުގުއާއީގެ ފޯވާޑް ޑާވިން ނޫނޭޒް، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.
ނޫނޭޒް ލިވަޕޫލަށް ސޮއިކޮށްފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މައުލޫމަތު ލިބިފައިވާގޮތިގައި ނޫނޭޒް ލިވަޕޫލަށް ސޮއިކޮށްފައިވަނީ 64 މިލިއަން ޕައުންޑޫގެ ޓްރާންސްފަރ ފީއަކަށެވެ. އަދި އިތުރު ބައެއް ބައިތަކާއެކު މިއަގު 85 މިލިއަން ޕައުންޑަށް އެރުމަކީ ވެދާނެކަމެކެވެ. އެހެން ވެއްޖެނަމަ މިއީ ލިވަޕޫލަށް މިހާތަނަށް އެންމެ އަގުބޮޑުކޮށް ސޮއިކުރި ކުޅުންތެރިޔާއަށް ވެގެންދާނެއެވެ. ނޫނޭޒްވަނީ ބެންފީކާއަށް 41 މެޗް ކުޅެދީ 34 ލަނޑު ޖަހާދީފައެވެ. ލިވަޕޫލްގައި މިވަގުތު އެންމެ އަގުބޮޑުކޮށް ސޮއިކޮށްފައިވާ ކުޅުންތެރިޔަކީ ޑިފެންޑަރ ވަރޖިލް ވެންޑައިކްއެވެ. ލިވަޕޫލުން ވެން ޑައިކް 2018 ވަނަ އަހަރު ސައުތެމްޕްޓަންއިން ސޮއިކުރީ 75 މިލިއަން ޕައުންޑްގެ އަގަކަށެވެ. ނޫނޭޒްވަނީ އުރުގުއާއީއަށް މިހާތަނަށް 11 މެޗް ކުޅެދީފައެވެ.
ނޫނޭޒް ހާމަކުރިގޮތުގައި އޭނާ ލިވަޕޫލްގެ ޓްރެއިންގ ދަނޑަށް ދިއުމުން ކަންކަން ހުރިލެއް ފުރިހަމަކަމުން ހައިރާން ވި ކަމަށެވެ. އަދި ލިވަޕޫލުން ހޯދާފައިވާ ތަށިތައް ދައްކާލަން ބައްޓާފައި ހުރިތަން ފެނިފައި އެހުރިހާ ތައްޓަކާއެކު ކުރިއަށް އޮތް ތާންގާ މިހްލަބާއެކު އިތުރު ތަށި ހޯދުމުގެ ޖޯޝް އައިސްފައިވާކަމަށެވެ. އަދި ލިވަޕޫލަށް މިއައީ އެހެންވެ ކަމަށާއި ކުރިއަށް އޮތްތާނގާ މިކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް ގިނަ ތަށި ތަކެއް ހޯދުމުގެ މަޤްސަދު އޮތުމުންނެވެ.