ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި އިންގްލަންޑާ ދެކޮޅަށް ކުޅުނު މެޗު ހަންގޭރީން ކާމިޔާބުކޮށްފިއެވެ.
އިންގްލަންޑްގައި ކުޅުނު މިމެޗް ހަންގޭރީ ކާމިޔާބުކުރީ ކުރިން ހީކުރިގޮތާއި ހިލާފަށް 4-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑްއިންނެވެ. ނަމަވެސް މިފަހަރުގެ ނޭޝަންސް ލީގުގެ އެހެން މެޗްތަކެކޭވެސް އެއްގޮތަށް މިމެޗްގައި ލަނޑު ޖެހުމުގައި މައްސަލަތައް އިންގްލަންދަށް ދިމާވިކަން ފާހަގަ ވެގެންދިޔައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާދިނީ ހަންގޭރީގެ ރޯލަންޑް ސަލާއިއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީވެސް ސަލާއީއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 80 ވަަނަ މިނެޓްގައި ޖަހާދިނީ ޒޮލްޓް ނެގީއެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ އިންގްލަންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކިތަނެވެ. މިމެޗްގައި ހަންގޭރީގެ ފަހު ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހާދިނީ ޑެނިއަލް ގަޒްޑާކްއެވެ. މިއީ ވެތުވެދިޔަ 10 ދުވަހުގެ ތެރޭގައި ހަންގޭރީއިން އިންލަންޑް ބަލިކުރި ދެވަނަ ފަހަރެވެ.
މިއީ 1928 ވަނަ އަހަރަށްފަހު އިންގްލަންޑުން އަމިއްލަ ދަނޑުގައި އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ. އަދި މިއީ 2014 ވަނަ އަހަރަށްފަހު މެޗަކުން މޮޅުވެ ހަތަރު މެޗް ހަމަވި ފުރަތަމަ ފަހަރެވެ. މިމެޗުން މޮޅުވުމާއެކު ހަންގޭރީ މިހާރުވަނީ ކުޅުނު 4 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި އިންގްލަންޑް އޮތީ 2 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.