ކުޅިވަރު

ގްރަވެންބާކުގެ ސޮއި ބަޔާނުން ހޯދައިފި


ނެދަލެންޑްސް ލީގުގެ ޗެމްޕިއަން އަޔެކްސްއަށް ކުޅެމުން އައި ރަޔަން ގްރަވެންބާކް، ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތިގައި ގްރަވެންބަރޗް ބަޔޭންއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބަޔޭންއިންވަނީ ގްރަވެންބަރޗް ހޯދުމަށް ޓްރާންސްފަރ ފީއެއްގެ ގޮތުގައި 18 ޕޮއިންޓް ފަހެއް މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ. އަދި އިތުރު އެހެން ބައިތަކަކާއެކު މިއަގު 24 މިލިއަނަށް އެރުމަކީވެސް ގާތްކަމެއް ކަމަށް ވެއެވެ. ގްރަވެންބަރޗްވަނީ އަޔެކްސްއަށް އެރެޑިވިސީގެ ތަށި ތިން ފަހަރަށް ހޯދުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ބެލެވިފައިވަނީ ޔޫރަޕްގައި މިޙާރު އަރަމުން އަންނަ ޒުވާން ތަރިންގެ ތެރޭގައެވެ. އޭނާ މިހާތަނަށް ވަނީ ނެދަލަންޑްސް ޤައުމީ ޓީމަށް 10 ފަހަރު ކުޅެފައެވެ.

އޭނާ ގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑުންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ގްރަވެންބަރޗް ހާމަކުރިގޮތުގައި އޭނާއަށް ބަޔޭން އާއި ދޭތެރޭ ދެކެވޭ ގޮތް މާރަނގަޅު ކަމަށެވެ. ބަޔޭންގެ ސްޕޯޓިންގ ޑިރެކްޓަރ ހަސަން ސަލީހަމިޑްޒިޗް ހާމަކުރިގޮތިހައި ގްރަވެންބަރޗްއަކީ ޔޫރަޕްގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށެވެ.