ދުނިޔެ

ގެއްލުނު ހެލިކޮޕްޓަރ ފެނުނީ ވެއްޓިފައި އޮއްވާ


އިޓަލީ ވިލާތުގެ ޓުސްކެނީ ކައިރީގައިވާ ފަރުބަދަތީ ސަރަޙައްދަކުން ދަތުރުކުރަމުން ދަނިކޮށް މީގެ ދެ ދުވަސް ކުރިން ގެއްލުނު ހެލިކޮޕްޓަރެއް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދުން އެއިން ދަތުރު ކުރި ދިޔަ ފަސް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް، އިތުރު ދެ މީހެއްގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށް ޓުސްކެނީގެ ގަވަރުނަރު ޔޫޖީނިއޯ ޖިއާނީ ވިދާޅުވިއެވެ.

މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޓުސްކެނީގެ ލޫކާއިން ފުރައިގެން ޓްރެވީސޯއަށް ދަތުރު ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. މި ހެލިކޮޕްޓަރު ވެއްޓުނު އިރު އެއިން ދަތުރު ކުރަމުން ދިޔަ މީހުންގެ ތެރޭގައި ތުރުކީ ވިލާތުގެ ހަތަރު ފަސިންޖަރުން ހިމެނެއެވެ. ދެން ތިބި ދެ ފަސިންޖަރުންނަކީ ލުބުނާނަށް ނިސްބަތްވާ މީހުންނެވެ.