ޚަބަރު

ކޮންޓެއިނަރުގައި މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް


ކޮންޓެއިނަރެއްގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާއި ގުޅިގެން ކަސްޓަމްސްއާއި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އޮޕަރޭޝަން ކުރިއަށްދާތީ، އަތުލަގެން މަސްތިވާތަކެއްޗާގުޅޭ އެއްވެސް ރަސްމީ މަޢުލޫމާތެއް މިހާތަނަށް ހާމަކަޮށްފައެއް ނުވެއެވެ.

ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. މަސްތުވާތަކެތި އަތުލައިގަތީ އެމްޕީއެލްގެ ޕޯޓަށް ހުސްކިރި ކޮންޓެއިނަރ ޝިޕްމަންޓެއްގެ ތެރެއިންނެވެ. ކަސްޓަމްއިން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ 2 ބާވަތެއް މިގެތެރޭގައި ހިމެނޭކަމަށެވެ. ނަމަވެސް އެ ތަކެތީގެ ތަފްސީލާއި، އަދި އެތެރެކުރި މިންވަރުވެސް ރަސްމީ ގޮތެއްގައި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މައްސަލައާއި ގުޅިގެން ކަސްޓަމްސްއާއި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. މި އޮޕަރޭޝަން ނިމުނުހާ އަވަހަކަށް ތަފްސީލްތައް ހާމަކުރައްވާނެކަމަށް ކަސްޓަމްސްއިންވަނީ ވިދާޅުވެފައެވެ.