ޚަބަރު

ހާޝިމްގެ ހާލު ސީރިއަސް، ފަރުވާދެނީ އައިސީޔޫގައި


ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަޙްމަދު ހާޝިމްއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެފިއެވެ. އެހެންނަމަވެސް އޭނާގެ ޙާލަތާއި ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މިއެކްސިޑެންޓް ހިނގީ ރޭގެވަގުތެއްގައި ޓޯޔާޑު ސަރަޙައްދުގައެވެ. ފުލުހުން ވިދާޅުވި މިއެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 20:23ގައި ކަމަށެވެ. މިއެކްސިޑެންޓު ހިނގާފައިވަނީ ޓޯޔާޑު ސަރަޙައްދުން ހާޝިމް ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހިގެންކަމަށް ފުލުހުން ވިދާޅުވީ ފުލުހުން ވިދާޅުވެއެވެ. މިއެކްސިޑެންޓުގައި ދުއްވާފައިދިޔަ ސައިކަލުގައި ހުރި މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.