ކުޅިވަރު

ފޭދޫ ޓީމްގެ ޝުކުރުވެސް ސަޕޯޓަރުންނަށް


ފޯކައިދޫ ބަލިކޮށް، މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލަށް ދެވުމުން އެކަމުގެ ޝުކުރު ފޭދޫ ޓީމުންވެސް ސަޕޯޓަރުންނަށް ދީފިއެވެ. 5-1 ން ފޯކައިދޫ ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަށްފަހު ޓީމްގެ އެސިސްޓެންޓް މެނޭޖަރ އަލީ ހަނީޒް ބުނީ ރަނގަޅު ކުޅުމަކާއެކު، ރަނގަޅު ނަތީޖާއެއް ލިބުމުގައި ސަޕޯޓަރުންގެ ދައުރު ބޮޑުކަމަށެވެ.މިއަދު މެޗު ކުޅެމުންދިޔައިރު ފޭދޫގެ ވަރަށްގިނަ އަދަދެއްގެ ސަޕޯޓަރުން ސްޓޭޑިއަމްއަށް އައިސް ޓީމަށް ތަރުހީބުދެމުން ދިޔައެވެ. ހަމައެހެންމެ ރާއްޖޭގެ އުތުރުން ށ.އަތޮޅުން ފޯކައިދޫގެ ބައެއް ސަޕޯޓަރުންވެސް ޓީމަށް ތަރުހީބު ދިނުމަށް އައްޑޫ ސިޓީއަށް އައެވެ." އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ އައްޑޫގެ އިތުރުން ފުވައްމުލަކަށްވެސް ލިބުނު ކާމިޔާބީއެއް. އިރާދަކުރެއްވިއްޔާ ފައިނަލްގައި ކުޅެ ފަރެސްމާތޮޑާ ބަލިކުރާނަން. އެކަމަކު އެއީވެސް ވަރަށް މޮޅޫ ޓީމެއް. އެއްފަހަރު އެމީހުންނާ ވާދަކޮށްފިން. ވަރަށް އުނދަގޫ ޓީމެއް އެއީ. : ހަނީޒް ބުންޏެވެ.ފޯކައިދޫ ޓީމްގެ މެނޭޖަރ އަލީ ޒުހޫރު ބުނީ މިއަދު ހަމަ ނުކުޅެވުނީކަމަށެވެ. އެކަމުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށް އޭނާ ބުންޏެވެ." ބައެއް ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ވަރަށް ބޮޑަށް ދިމާވި. ދަނޑަށް އާވުމާއި ދަތުރެއްކޮށްފަ އައުމަކީވެސް ދިމާވި މައްސަލަ. ނަމަވެސް މިދަންނަވަނީ ބަލިވީ އެހެންވެގެންނެކޭ ނޫން. މިއަދު ހަމަ ނުކުޅެވުނީ. އަނެއްކާ މިއަދު މިކުޅުނީ ހަމަ ގާތްގަނޑަކަށް ފޭދޫގެ ހޯމްގައި. " ޒުހޫރު ބުންޏެވެ.މިމެޗާއެކު ކުރިއަށް އޮތީ ތިންވަނަ ހޮވާމެޗެވެ. ތިންވަނަ ހޮވާ މެޗުގއި ވާދަކުރާނީ އުތުރުގެ ދެޓީމެވެ. އެއީ ފޯކައިދޫއާއި، އޭދަފުއްޓެވެ. ފައިނަލްގައި ވާދަކުރާނީ ދެކުނުގެ ފަރެސްމާތޮޑާއާއި، ފޭދޫއެވެ.