ޚަބަރު

ސޯނިޔާއާއި ރާހުލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުޙުމަތު


އިންޑިޔާގެ އިދިކޮޅު ކޮންގުރެސް ޕާޓީގެ އެންމެ އިސް ދެވެރިންކަމަށްވާ ސޯނިޔާ ގާންދީއާއި ރާހުލް ގާންދީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުޙުމަތުކޮށްފިއެވެ.

އިންޑިޔާގެ މާލީ ކުށްކުރުން ހުއްޓުވުމަށް ޙަރަކާތްތެރިވާ ވުޒާރާއިން ކުރަމުންދާ ތަޙުޤީޤުގައި ސޯނިޔާއާއި ރާހުލްއަށް ސުވާލުކުރަންވަނީ ނިންމައިފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ޤައުމުން ބޭރުގައި އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށް މަނީ ލޯންޑާކުރުމުގެ ތުޙުމަތެވެ. އެ ގޮތުން އެ ދެ ބޭފުޅުން 300 މިލިޔަން އެމެރިކާ ޑޮލަރު ދަޢުރުކޮށްފައިވާކަމަށްވަނީ ތުޙުމަތުކޮށްފައެވެ.

މީގެ ކުރިންވެސް އިންޑިޔާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ޢާއިލާއަށް ނިޞްބަތްވާ ސޯނިޔާއާއި ރާހުލްގެ މައްޗަށްވަނީ ޚިޔާނާތުގެ ބޮޑެތި ތުޙުމަތުތަކެއްކޮށްފައެވެ. އޭގެ ސަބަބުން ޢާއްމުންގެ މެދުގައި ކޮންގުރެސް ޕާޓީގެ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.