މުނިފޫހިފިލުވުން

ކުއީން އެލިޒަބަތްގެ ޕްލެޓިނަޕް ޖުބްލީގައި އެޑްޝީރަން


މި ހަފްތާގައި ބާއްވަން ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ކުއީން އެލިޒަބަތާއި ޕްރިންސް ފިލިޕްގެ ކައިވެނީގެ ޕްލެޓިނަމް ޖުބްލީ ފާހަގަކުރަން ބާއްވާ ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑްޝީރަން ލަވަ ކިޔާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު މަރުވެފައިވާ ރާނީގެ ފިރިމީހާ ޕްރިންސް ފިލިޕްއަށް ދޭ ޓްރިބިއުޓެއްގެ ގޮތުން ހަފްލާގެ ޚާއްސަ ސެގްމެންޓެއްގައި ޝީރަން ކިޔާނީ އޭނާގެ އެންމެ ހިޓް އެއް ލަވަ ކަމަށްވާ "ޕާފެކްޓް" އެވެ. މި ހަފްލާގައި ބޮލީވުޑްގެ ބައެއް ނެށުންތެރިންވެސް ބައިވެރިވާނެއެވެ.

ރާނީ އާއި ފިލިޕްގެ ކައިވެންޏަށް މިހާރު ވަނީ 73 އަހަރުވެފައެވެ. އަދި މިއީ މިފަދަ ބޮޑު ހަފްލާއެއް ފިލިޕްސް ނެތީ ރާނީ އެކަނި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. ޕްލެޓިނަމް ޖުބްލީ ފާހަގަކުރުން ހަތަރު ދުވަހަށް ދެމިގެންދާނެއެވެ. މި ހަފްލާގައި ޝާހީ އާއިލާއިން މިހާރު ވަކިވެފައިވާ ޕްރިންސް ހެރީ އާއި މޭގަން މާކެލްވެސް ބައިވެރިވާނެއެވެ.