ކުޅިވަރު

އާރޮންސަން ގެނައުމާ ގުޅޭގޮތުން ލީޑްސްއިން ސާލްޒްބާގާއެކު އެއްބަސްވުމަކަށް


ރެޑްބުލް ސާލްޒްބާގަށް ކުޅެމުން އަންނަ ބްރެންޑަން އާރޮންސަން ގެނައުމާ ގުޅޭގޮތުން ލީޑްސް ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެމެރިކާއަށް ނިސްބަތްވާ މިކުޅުންތެރިޔާ ލީޑްސްއަށް ބަދަލުވުމުގެ އެއްބަސްވުމުގެ ކަންތައްތައް ޖުލައި މަހުގެ އެއްވަނަ ދުވަހަށް ހަމަޖެހޭނެކަމަށް ދެފަރާތުން ހާމަކުރެއެވެ.

އާރޮންސަންއަކީ ލީޑްސްގެ މިހާރުގެ ކޯޗް ޖޭސޭ މާރޝް ސަލްޒްބަރގަށް ކޯޗް ކޮށްދިން އިރު އޭނާ އެކްލަބަށް ސޮއިކުރުވި ކުޅުންތެރިއެކެވެ. މަޢުލޫމާތު ލިބޭގޮތުގައި އާރޮންސަން ލީޑްސްއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

ދެފަރާތު އަރިމަތިންނާއި އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައިވެސް ކުޅޭ އާރޮންސަން ވަނީ އެމެރިކާއަށް 18 މެޗް މިހާތަނަށް ކުޅޭދީފައެވެ. އަދި މިފަހަރު ވޯލްޑް ކަޕްގައި ވާދަކުރާ އެމެރިކާ ޓީމްގައިވެސް އޭނާ ހިމެނޭނެކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.

އާރޮންސަންގެ އެހތެރިކަމާއެކު މިސީޒަންގައި ސާލްޒްބަރގުން ވަނީ ލީގު ޑަބަލްއެއް ހެދުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލިގުގެ ފަހު 16 ޓީމްގެ ބުރަށް އެ ޓީމް ގެންދިއުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.