ކުޅިވަރު

އޭއެފްސީކަޕަށް ޤައުމުން ބޭރުން މާޒިޔާއަށް ގެންނަނީ ޒިވްކޯ އެކަނި


އޭއެފްސީކަޕްގައި ވާދަކުރާ މާޒިޔާގެ ލިސްޓްގައި ބިދޭސީ އެންމެ ކުޅުންތެރިއެއް ޖަހައިފިއެވެ. ބިދޭސީ ކުޅުންތެރިއަކަށް މާޒިޔާއަށް އޭއެފްސީކަޕަށް ރަޖިސްޓްރީކުރީ މިދިޔަ ދެއަހަރުވެސް އެކްލަބަށް ކުޅުނު ބަލްގޭރިޔާގެ ޒިވްކޯއެވެ.މިދިޔަ ސީޒަންގެ މެދަކާ ހިސާބުން އޭއެފްސީކަޕްގައި ކުޅެނިކޮށް އަނިޔާވި ބަލްގޭރިޔާގެ ޑިފެންޑަރ މިހާރު ފިޓްވެފައިވާކަމަށް މައުލޫމާތުލިބެއެވެ. ޒިވްކޯއަކީ އެންމެ ފުރަތަމަ ކްލަބް ވެލެންސިޔާއަށް ގެނައި ޑިފެންޑަރެކެވެ. މާޒިޔާއިން މިސިޔަ ސީޒަން ނިންމާލީ ޒިވްކޯގެ ބަދަލުގައި އިތުރު ޑިފެންޑަރަކާއި، ކީޕަރު އިމްރާންއަށް އަނިޔާވުމުން ގެނައި އިސްކޮޅުން ދިގު ކީޕަރަކާއި، ފޯވާޑް ޕަބްލޯ ރޮޑްރިގޭޒްއެވެ. އޭގެއިތުރުން ސީޒަންގެ މެދަކާ ހިސާބަށް ޖަޕާން މިޑްފީލްޑަރެއްވެސް މާޒިޔާއަށް ކުޅުނެވެ.އިމްރާން އަނިޔާއަށްފަހު އެނބުރި އައިސްފައިވާތީ ބިދޭސީ ކީޕަރެއްވެސް ނުގެންނަން މާޒިޔާއިން ވަނީ ނިންމާފައެވެ. އިމްރާން ވަނީ މާޒިޔާގެ ކޮންޓްރެކްޓް އާވެސްކޮށްފައެވެ. މިދިޔަ ސީޒަނަށްވުރެ މާވަރުގަދަ ސްކޮޑެއް މިހާރު މާޒިޔާގައި އެބައޮތެވެ. ޓީމްގައި ތިބި މުޙިންމު ކުޅުންތެރިން ކޮންޓްރެކްޓްއާކޮށްފައިވާއިރު، ނިއުގެ ކެޕްޓަން އަސްއަދު އަލީއާއި، އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާއާއި، މަހިބަދޫގެ ޒުވާން ދެ ޑިފެންޑަރުންވެސް ވަނީ މާޒިޔާއާއި ގުޅިފައެވެ.މައުލޫމާތުލިބޭ ގޮތުގައި ކުރިއަށް އޮތް ސީޒަންގައިވެސް މާޒިތާއަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭނެވެ. މާޒިޔާގެ ޕްރެކްޓިސް އަންނަ ހޯމަ ދުވަހު ފަށާނެއެވެ.