އެންބީއޭ ބާސްކެޓްބޯޅަ މުބާރަތުގެ ޕްލޭއޮފްގެ އީސްޓާން ކޮންފަރެންސް ފައިނަލުގައި މައޭމީ ހީޓާ ބައްދަލުކުރި ފަސްވަނަ މެޗު ކާމިޔާބުކޮށް، ހަތް މެޗުގެ މި ސީރީޒްގައި ބޮސްޓަން ސެލްޓިކްސްއިން ލީޑު ނަގައިފިއެވެ.
މިމެޗް ސެލްޓިކްސް ކާމިޔާބުކުރީ ރަށުން ބޭރުގައި 93 ޕޮއިންޓް 80 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓޭޓުމްވަނީ 22 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެެވެ. މިމެޗްގައި ހީޓްގެ ބޭމް އަޑެބަޔޯ ވަނީ 18 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ.
މިދެތީމްގެ މެދުގައި މިހާރު ފަސް މެޗް ކުޅެވިފައިވާއިރު 3 މެޗް 2 މެޗުން ކުރީގައި އުޅެނީ ސެލްޓިކްސްއެވެ. އަދި މިދެތީމްގެ މެދުގައި ކުޅޭ ހަވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސެލްޓިކްސްގެ ކޯޓްގައި ކަމުން އެމެޗް ކަމިޔާބުކޮށް އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑީ ސެލްޓިކްސްއަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުރަވަމުންނެވެ.
ނަމަވެސް ހީޓް އަސްވެސް ކުރިއަށް އޮތް ދެމެޗް ކާމިޔާބުކޮށްގެން މިފައިނަލް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މިދެޓީމްގެ މެދުގައި ކުޅޭ ހަވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.