ކުޅިވަރު

ޗެލްސީ ގަތުމަށް ޓޮޑް ބޯލީ ކުރާ މަސައްކަތަށް ޕްރިމިއާ ލީގުގެ ތާއީދު ލިބިއްޖެ


ޗެލްސީ ގަތުމަށް ޓޮޑް ބޯލީ ކުރަމުންދާ މަސައްކަތަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތާއީދު ލިބިއްޖެއެވެ.

ޕްރިމިއަރ ލީގުން މިހާރު ވަނީ ބޯލީގެ ކޮންސޯޓިއަމްއިން އޯނާސް އާއި ޑިރެކްޓަރުންގެ ޓެސްޓުން ފާސްވެފައިވާކަން ހާމަކޮށްފައެވެ.

ބޯލީގެ ޓީމުން ޗެލްސީ ގަތުމަށް ހުށަހަޅާފައިވަނީ ހަތަރެއް ޕޮއިންޓް ދޭއް ފަހެއް ބިލިއަން ޕައުންޑްގެ އަގެކެވެ. ޗެލްސީ ވިއްކާލުމަށް ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ނިންމީ ރަޝިޔާއިން ޔޫކްރެއިން އާއި އެރުމާއި ގުޅިގެން އިނގިރޭސި ސަރުކާރުން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭކަމަށް ބެލެވިގެންނެވެ. އަދި ފަހުން އެފިޔަވަޅު އިނގިރޭސި ސަރުކާރުންވަނީ އޭނާ އާއި ދެކޮޅަށް އަޅާފައެވެ. އެކަމުގެ ސަބަބުން ޗެލްސީއަށް ގިނަ މައްސަލަ ތަކާއި ތަތިތަކެއް މިވީ ދުވަސްތަކުގަި ދިޔައީ ދިމާވަމުންނެވެ.

ޕްރިމިއަރ ލީގުން ބޮލީގެ ހުށަހެޅުން ގަބޫލް ކުރިނަމަވެސް މިވިޔަފާރި ކުރިއަށް ދިއުމާގުޅޭ އެންމެ ފަހު ބަސް ބުނާނެކަމަށް ނުވަތަ ހުއްދަ ދޭނެކަމަށްވަނީ އިނގިރޭސި ސަރުކާރުންނެވެ. އެއީ މިވިޔަފާރިން ލިބޭ ފައިސާގެ އެއްވެސް ބައެއް އަބްރަމޮވިޗްއަށް ލިބެން އިނގިރޭސި ސަރުކާރުން ބޭނުން ނުވާތީއެެވެ. އަދި މިވަގުތު ކަންތައްތައް ފެއްނަން ހުރިގޮތުގުން މިވިޔަފާރި ކުރިއަށް ގެއްދިއުމަށް ބޭނުންވާ ހުއްދަތައް ހުރިހާ ފަރާތަކުންވެސް ދޭނެއެވެ.

ބޯލީ އިސްވެ މި ކޮންސޯޓިއަމްގައި މަސައްކަތް ކުރި ނަމަވެސް ޗެލްސީގެ ހިއްސަގެ ބޮޑުބައި ދާނީ ކެލިފޯނިއާގެ ޕްރައިވެޓް އިކުއިޓީ ފަރމެއް ކަމަށްވާ ކްލިއަރލޭކް ކެޕިޓަލް އަށެވެ. އެހެން އިންވެސްޓަރުންގެ ތެރޭގައި އެމެރިކާގެ ބިލިއަނަރ މާރކް ވޯލްޓަރ އަދި ސްވިޓްޒަލަންޑްގެ ބިލިއެނަރ ހާންސްޔޯގް ވައިސް ހިމެނެއެވެ.