ވިޔަފާރި

"އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށައިފި


ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

އުރިދޫ މޯލްޑިވްސްގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތައް ރަސްމީގޮތުން ފެށިގެން ދިޔައީ ކްރޮސްރޯޑް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލްގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި ހަރަކާތާއި ގުޅޭގޮތުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމާޝަލް އޮފިސަރ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުންކަމަށެވެ.

"މިއަދު އަޅުގަނޑުމެން ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި މި ލޯންޗްކުރީ ހާރޑް ރޮކް ހޮޓެލް އާއި އެކު ކުޅެވުޅު އެކުވެރިކަމުގެ ފުޓްސަލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަންވެސް ފާހަގަޮށްލަން. އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން." މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމާޝަލް އޮފިސަރ، ޚާލިދު އަލް ޙަމާދީ.

މި ހަރަކާތުގައި ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އުރީދޫ އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް ވަނީ މަސައްކަތް ފަށާފައެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022ގެ ނިޔަލަށެވެ.