ކުޅިވަރު

ވެސްޓާން ކޮންފަރެންސް ފައިނަލުގެ ފުރަތަމަ މެޗު ވޮރިއާސްއިން ކާމިޔާބުކޮށްފި


އެންބީއޭ ބާސްކޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގެ ވެސްޓާން ކޮންފަރެންސް ފައިނަލުގެ ފުރަތަމަ މެޗް ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ވޮރިއަރސްއިން ކާމިޔާބުކުރީ ޑެލަސް މެވްރިކްސް އާއި ބައްދަލުކޮށް 112 ޕޮއިންޓް 87 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދޔަ މިމެޗްގައި ވޮރިއަސްގެ ސްޓޭފަން ކަރީ ވަނީ 21 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.މީގެއިތުރުން ޖޯޑަން ޕޫލްވަނީ 19 ޕޮއިންޓް ވޮރިއަރސް އަށް ހޯދާދީފައެވެ. އަދި މެވްރިކްސްގެ ލޫޚާ ޑޮންޗިޗްވަނީ 20 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. ވެސްޓަރން ކޮންފަރެންސްގެ ފައިނަގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީވެސް ވޮރިއަރސްގެ ކޯޓުގައެވެ.

މިމުބާރާތެގެ އީސްޓަރން ކޮންފަރެންސްގެ ފައިނަލްގައި ބޮސްޓަން ސެލްޓިކްސް އާއި މައޭމީ ހީޓް ބައްދަލުކުރި ދެވަނަ މެޗް 127 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިކާމިޔާބީއާއެކު މިސީރީޒް މިހާރު މިވަނީ އެއްމެޗް އެއްމެޗުން އެއްވަރުވެފައެވެ. މިމެޗްގައި ސެލްޓިކްސްގެ މާކަސް ސްމާރޓް ވަނީ 24 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 12 އެސިސްޓް ކޮށްފައެވެ. އަދި ހީޓްގެ ޖިމީ ބަޓްލަރވަނ 29 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދި 3 އެސިސްޓް ކޮށްފައެވެ. މިދެތީމްގެ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ބޮސްޓަންގައެވެ.