ޚަބަރު

އާއިލާތަކުގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ފެމިލީ ފެސްޓިވަލް އަންނަ ހުކުރު ދުވަހު


ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ފެމިލީ ފެސްޓިވަލެއް އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.

މި ފެސްޓިވަލަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

"ގެވެށި ގުޅުން ފެމިލީ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ މިފެސްޓިވަލް އޮންނާނީ މިމަހުގެ 20ވާ ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން 18:00އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓިވަލްގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރަށް ޔުނިވަރސިޓީ އާއި ސްކޫލްތަކުންވެސް ބައިވެރިވާނެއެވެ. އަދި މި ފެސްޓިވަލްގައި ޚާއްސަ ލަކީޑްރޯތަކެއް ކުރިއަށްދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ހުށަހަޅާފައިވާ އިނާމްތައް:

* ޢާއިލާއާއެކު ފަސްތަރީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު
* ފްލައިމީގެ ފަރާތުން ޢާއިލާއަކަށް ދެކޮޅު ޓިކެޓް
* ދިރާގުގެ ފަރާތުން 10 ބޭފުޅަކަށް 10 ޖީބީ މޯބައިލް ޑޭޓާ
* އުރީދޫގެ ފަރާތުން 5 ޖީބީ އެއަރ ފައިބަރ ރައުޓަރ 300 ޖީބީގެ ޕެކޭޖް އާއެކު ދެމަހުގެ ފީ ހިލޭ

ޖެންޑަރ މިނިސްޓްރީން ބުނީ މި އާއިލީ ފެސްޓިވަލްގައި ހުރިހާ އުމުރުފުރާތަކަށްވެސް ޢާއިލާތަކާއިއެކު ބައިވެރިވެވޭނެކަމަށެވެ. އަދި ވީހާވެސް ގިނަ އާއިލާތަކަކުން ބައިވެރިވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.