ވިޔަފާރި

ބޮޑެތި މުސާރަތަކާއިއެކު އެމްއެސްއެސްގެ އައު ބޯޓަށް މީހުން ހޯދަނީ


ބޮޑެތި މުސާރަތަކަކާއެކު މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އައު ބޯޓުގެ ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ. އެމްއެސްއެސް ހިންގަނީ އެސްޓީއޯގެ ދަށުންނެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ވަނީ އެމްއެސްއެސްގެ ކޮންޓެއިނަރ ވެސެލްގެ 15 ވަޒީފާއަކަށް މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. މި ވަޒީފާތަކުގެ ތެރޭގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ބޯޓުގެ މާސްޓާ އަށެވެ. އެ މަގާމަށް މަހަކު 115،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޗީފް އިންޖިނިއަރަކަށް މަހަކު 107،000 ރުފިޔާ އަދި ސެކަންޑް އިންޖިނިއަރަކަށް 92،000 ރުފިޔާ މަހަކު ލިބޭނެ އެވެ.

* މާސްޓާ - 115،651 ރުފިޔާ
* ޗީޕް އިންޖިނިއަރ - 107،940 ރުފިޔާ
* ސެކަންޑް އިންޖިނިއަރ - 92،520 ރުފިޔާ
* އިލެކްޓްރިޝަން - 53،970 ރުފިޔާ
* ތާޑް އިންޖިނިއަރ - 53،970 ރުފިޔާ
* ތާޑް އޮފިސަރ - 38،550 ރުފިޔާ
* އޭބަލް ސީމޭން - 15،400 ރުފިޔާ
* ބޯޒްމަން - 18،504 ރުފިޔާ
* އޮއިލާ - 15،400 ރުފިޔާ
* ކުކް - 19،000 ރުފިޔާ
* މެސް ބޯއި - 13،560 ރުފިޔާ
* ވެލްޑާ - 19،620 ރުފިޔާ

މި މަގާމުތަކުގެ ތެރޭގައި އެންމެ ދަށް މުސާރަ ލިބޭ ވަޒީފާގެ މުސާރަވެސް 13000 އިން މައްޗަށް އަރައެވެ. މިމަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 19 ވަނަ ދުވަހުގެ 12:30 ގެ ކުރިން ހުށައެޅޭނެއެވެ.

އެމްއެސްއެސްއިން އަލަށް ގަނެފައިވާ ބޯޓު އެމްއެސްއެސް ކްރޮމް އަންނަ މަހު ރާއްޖެއަށް އަންނާނެއެވެ. މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓެކެވެ. ހިލައާއި ހިލަވެއްޔަކީ ރާއްޖެއަށް ގިނަ ޢަދަދަކަށް އެތެރެކުރާ ބާވަތްތައްކަމަށްވާއިރު، ކްރޮމްގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރައްވައެވެ.