ކުޅިވަރު

ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން އުއްމީދު އަނެއްކާވެސް އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ލީގު ހޯދުމަށް ލިވަޕޫލުން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ލީގު ކާމިޔާބުކުރަން ބޭނުން ކަމަށްވާނަމަ މޮޅުވުން މަޖްބޫރު މި މެޗް ލިވަޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލާ ކުޅެމުންދިޔަ މިވަޕޫލް މިމެޗުން ބަލިވި ނަމަ، މެންޗެސްޓަރ ސޓީއަށް ލީގު ކާމިޔާބުވާނެއެވެ. އެއާއެކު މި މެޗްގެ 13 ވަނަ މިނެޓްގައި ސައުތެމްޓަނުން މިމެޗްގެ ލީޑު ނެގުމާއެކު، ލިވަޕޫލަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް އައިތަން ފެނިގެންދިޔައެވެ. މިލަނޑު ސައުތެމްޓަނަށް ކާމިޔާބުކޮށްދިނީ ނޭތަން ރެޑްމަންއެވެ.

ނަމަވެސް މެޗްގެ 27 ވަނަ މިނެޓްގައި ލިވަޕޫލްގެ ޓަކޫމީ މިނަމީނޯ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. މިމެޗްގައި ލިވަޕޫލުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗްގެ 67 ވަނަ މިނެޓްގައި ޑިފެންޑަރ ޖޮއެލް މަޓިޕް ޖަހައިދިން ލަނޑުންނެވެ.

މިސީޒަންގައި ހަތަރު ތަށި ކާމިޔާބުކޮށް، ތާރީހްގެ ތެރެއިން އާ ސޮފުހާއެއް ހުޅުވުމުގެ އުންމީދު ކުރަމުންދާ ލިވަޕޫލުން މިހާރުވެސް ވަނީ ލީގު ކަޕާއި އެފްއޭ ކަޕްގެ ތަށި އުފުލާލާފައެވެ. އަދި ލީގުގައި އެންމެ ފަހު މެޗް ކާމިޔާބުކޮށްގެން، ސިޓީގެ މެޗް އެއްވަރުވެ ނުވަތަ ބަލިވެއްޖެނަމަ ލީގު ލިބުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ފައިނަލަށް ދަތުރު ކޮށްފައިވުމުން، އެމުބާރާތަށް ކުރެވޭ އުންމީދުވެސް ލިވަޕޫލަށް ބޮޑެވެ.