ޚަބަރު

އަލީލާ ކޮތައިފަރު މޯލްޑިވްސް ރިސޯޓް ހުޅުވައިފި


ރ. އަތޮޅުގައި ތަރައްޤީކޮށްފައިވާ އަލީލާ ކޮތައިފަރު މޯލްޑިވްސް ރިސޯޓް ހުޅުވައިފިއެވެ.

މި ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ހޮޓެލް ޗެއިން ހަޔަޓް ހޮޓެލްސް ކޯރޕަރޭޝަންގެ ފަރާތުންނެވެ.

11.3 ހެކްޓަރުގެ މި ރިސޯޓުގައި ޖުމްލަ 80 ވިލާ ހިމެނޭއިރު، އޭގެތެރެއިން 44 ވިލާއަކީ ބީޗު ފްރަންޓު ވިލާއެވެ. އަދި ބާކީ 38 ވިލާއަކީ މޫދު ވިލާތަކެވެ. ރިސޯޓުގެ ހުރިހާ ވިލާއެއްގައިވެސް ޕޫލް ހުރެއެވެ.

މި ރިސޯޓުގައި ތަފާތު އެކި ކެއުންތައް ލިބޭ 5 ރެސްޓޯރެންޓު ހުރެއެވެ. މި ރިސޯޓުގައި ސްޕާ އަކީ 24 ގަޑިއިރު ޙިދުމަތް ލިބޭ ފިޓްނަސް ސެންޓަރެއްވެސް ހުރެއެވެ. މި ރިސޯޓަށް ވަލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީ ޕްލޭންގައި 45 މިނެޓުން ދެވޭނެއެވެ.

އަލީލާ ކޮތައިފަރު މޯލްޑިވްސް ރިސޯޓް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.