މުނިފޫހިފިލުވުން

ސަލްމާން މިފަހަރު ހަރަދުކުރަނީ ތްރީޑީ ފިލްމަކަށް


ނުކުންނަށް ތައްޔާރުވަމުން އަންނަ މަލަޔާލަމް ފިލްމް "ވިކްރާންތް ރޯނާ" ގެ ހިންދީ ވާޝަން ގެނެސްދޭނެކަން ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ހާން އިއުލާންކޮށްފިއެވެ.

ދެކުނުގެ ސިނަމާތަކަށް އަންނަން ތައްޔާތުވަމުންދާ މި ފިލްމަކީ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެކެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ކަންނާޑާގެ ސުޕަރސްޓަރ ސަންދީޕްއެވެ. އޭނާއާއި އެކު ފިލްމުގެ މުހިއްމު ރޯލްތަކުން ނިރުޕް ބަންދާރީއާ ނީތާ އަޝޯކުގެ އިތުރުން ޖެކްލިން ފެނާންޑޭޒްވެސް ފެންނާނެއެވެ.

މި ފިލްމުގެ ހިންދީ ބަހުން ގެނެސްދޭނެކަން އިއުލާންކުރަމުން ސަލްމާން ބުނެފައިވަނީ މި ފިލްމު ވެގެންދާނީ އިންޑިއާ ސިނަމާތަކުން ފެންނަނާނެ ތްރީޑީ އެންމެ މޮޅު އެއް ފިލްމުކަމަށެވެ.

މި ފިލްމުގެ ލީޑުން ފެންނަ ސަންދީފް މީގެކުރިންވެސް ވަނީ ސަލްމާންގެ ފިލްމަކުން ފެނިފައެވެ. އެ ފަހަރު ސަންދީޕް ފެނުނީ ސަލްމާންގެ "ދަބާންގް 3"ގެ ނުބައިބައި މީހާގެ ރޯލުންނެވެ.

ތްރީޑީކޮށް ރިލީޒްކުރާ މި ފިލްމު ލިޔެ ޑައިރެކްޓްކޮށް ފައިވަނީ އަނުޕް ބަންޑާރީއެވެ. 2020 ވަނަ އަހަރު ހައިދަރު އާބާދުގައި ޝޫޓްކުރަން ފެށި މި ފިލްމު އެއްކޮށް ކުޅެފައިވަނީ މިކަމަށް ހާއްސަކޮށް ހެދި ސްޓޫޑިއޯއެއްގައެވެ.

އިނގިރޭސި، ކަންނާޑާ، ޓެމިލް، މަލަޔާލަމް އަދި ހިންދީ ބަހުން ނެރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ ޖުލައިމ،ހުގެ 28 ގައެވެ.