ޚަބަރު

ބީއެމްއެލްގެ ލޯނާއި ފައިނޭންސިންނަށް ހުށަހަޅައިގެން 3 ގައުމަކަށް ދަތުރެއް


ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން އާއި ވެހިކަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިންގ އަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް 2 މީހަކަށް ޓުއަރ ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ ކަމަށް ބީއެމްލުން ހާމަކުރެއެވެ.

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށްވެސް ހަމަ ޖަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ 15 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް 20000 ރުފިޔާ އިން ފެށިގެން 300000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ ގެ ދަށުން 25000 އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލުން ބުނީ ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ ދަށުން 2 ފުރޮޅުލީ އުޅަނދު ގަތުމަށް 300000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި 4 ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.